X
މަސައްކަތެއް ދަސްކުރަނީ ކީއްކުރަން ހެއްޔެވެ ؟
ކޮންމެ މީހަކީވެސް ދިރިއުޅުމުގެ މައިދާނުގައި ކޮންމެވެސް ކަމެއް ނުވަތަ މަސައްކަތެއް ކޮއްގެން ދިރިއުޅުން އުޅެން ޖެހިފައިވާ މީހެކެވެ. އެހެން ކަމުން އެމީހަކީ ދިރިއުޅުމުގައި ވަރަ ބިޒީ މީހަކަށް ވަނީ ވެފައެވެ. އެ މަސައްކަތަކަށް ދޭނެޖެހޭ ވަގުތަށް ހުރުމާއި އެ މަސައްކަތް ގަޑިއަށް ނިންމުން ވަރަށް މުހިންމުވެފައިވެއެވެ. ގިނަބައެއްގެ ހާލަތީ މީކަމުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބަދަލުވަމުން އެބުރެމުން ދާކަން ފާހަގަ ކުރެވޭހެއްޔެވެ. އަދި މި ސުރުޙީގައި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ ހިއްސާ ކޮއްލާނަމެވެ. މަސައްތަށް ދަސް…
ޓެރެރިޒަމް މަނާ ކުރާ ޤާނޫނަށް ޓެރެރިޒަމްގެ ތުޙުމަތު
މިހާރަކަށް އައިސް އެންމެގަދައަށް ދެކެވޭ އެއްވާހަކައަކީ ޓެރަރިޒަމްގެ ވާހަކައެވެ. އެއީ މިއަދުދުނިޔެއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަކަމުގައި ބައެއްމީހުންބުނެއެވެ. ޓެރަރިޒަމުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެފެންވަރުގައްޔާއި ޤައުމީފެންވަރުގައި ތަފާތު ޙަރަކާތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި މެދުނުކެނޑި ކުރިއަށް ދެއެވެ. އެއިން ސަލާމަތްވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރެވެމުންދާ ޓެރަރިޒަމަކީ އެންމެންގެ ވިސްނުމުގައި އެކައްޗެއްތޯ މިއީ އުފެދޭ ސުވާލެކެވެ. މިސުވާލު އުފެދެނީ ދެކެވޭ ވާހަކަތަކުންނާއި އިވޭ އަޑުތަކުންނެވެ.  އެކި މީހުންއޭގެ މާނަކުރަނީ އެކިގޮތަށެވެ. ބައެއްމީހުންގެ ވިސްނުމުގައި އިސްލާމްދީނަކީ އަލިފުން ޔާއަށް ޓެރަރިޒަމެވެ. އަނެއްބައެއްގެ ވިސްނުމުގައި…
ތަނަވަސްބޭފުޅުންގެ އަތްޕުޅުގައިވާ ނިކަމެތީންގެ ޙައްޤު
މުދަލު ޒަކާތް: މުދަލު ޒަކާތްދެއްކުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ވަކިބާވަތެއްގެ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ހައްޤުވާ ފަރާތްތަކާ ޙަވާލުކުރުމެވެ. ޒަކާތް ދިނުމުގެ ޙުކުމް: ޒަކާތްދިނުމަކީ ޝަރުޠުތައް ހަމަވާ ކޮންމެމީހެއްގެ މައްޗަށް މާތްﷲ ފަރުޟުކުރައްވާ ވާޖިބުކުރައްވާފައިވާކަމެކެވެ. އެއީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރޭގައި ހިމެނޭ އެއްރުކުނެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ، މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ޔަމަން ކަރައަށް ފޮނުއްވަމުން ޙަދީޘް ކުރެއްވިއެވެ. "ފަހެ،…

މަސައްކަތެއް ދަސްކުރަނީ ކީއްކުރަން ހެއްޔެވެ ؟

ފޮޓޯ: https://www.wallpaperbetter.com

ކޮންމެ މީހަކީވެސް ދިރިއުޅުމުގެ މައިދާނުގައި ކޮންމެވެސް ކަމެއް ނުވަތަ މަސައްކަތެއް ކޮއްގެން ދިރިއުޅުން އުޅެން ޖެހިފައިވާ މީހެކެވެ. އެހެން ކަމުން އެމީހަކީ ދިރިއުޅުމުގައި ވަރަ ބިޒީ މީހަކަށް ވަނީ ވެފައެވެ. އެ މަސައްކަތަކަށް ދޭނެޖެހޭ ވަގުތަށް ހުރުމާއި އެ މަސައްކަތް ގަޑިއަށް ނިންމުން ވަރަށް މުހިންމުވެފައިވެއެވެ. ގިނަބައެއްގެ ހާލަތީ މީކަމުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ބަދަލުވަމުން އެބުރެމުން ދާކަން ފާހަގަ ކުރެވޭހެއްޔެވެ. އަދި މި ސުރުޙީގައި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ ހިއްސާ ކޮއްލާނަމެވެ.

މަސައްތަށް ދަސް ކުރުމަށް 2 އަހަރު ގެ ކޯހެއް ފުރިހަމަ ކުރީމެވެ، އަދި ހަމަ އެއާއި އެކު 4 އަހަރު މަސައްކަތް ދަސް ކުރުމަށް އެކަމަށް ހާއްސަ މަރުކަޒެއްގައި މުސާރައެއްނެތި މަސައްކަތް ކުރީމެވެ. އެހެން ކަމުން މަސައްކަތުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބުނެވެ، އެހެން ކަމުން ސަރުކާރުގެ ވަޒީފާއެއް ހަމަޖެހި 13 އަހަރު ސަރުކާރުގެ ވަޒީފާގައި މަސައްކަތް ކުރަމުން ގެންދިޔައީމެވެ. މި ހާމަ ކޮއްލަ ދެވުން ދުވަސް ތަކުގެ ތެރެއިން ސަރުކާރަށް ވަނުމާއި ހަމައަށް އަބަދުވެސް އުޅެން ޖެހުނީ ވަރަށް ބުރަކޮށް ބޮޑުމީހާ މުއްސަދި ކުރުމަށް އެކަމައިގެންނެވެ، ލިބޭ މަންފާ އެއްމަހުން އަނެތް މަހަށް ބޮޑަށް ހޯދާ ދިނުމަށެވެ، ނަމަވެސް އެކަމުގެ ހިތްހަމަޖެހުމެއް ތަނުގައި މަސައްކަތް ކުރަމުން ދިޔަ އަޅުގަނޑުމެންނަކަށް ލިބެގެން ނުދެވެ، ކޮންމެ ދުވަހަކީވެސް ނުތަނަވަސް ކަމެއް ދިމާވާ ދުވަހަށް ވާން ފެށިއެވެ، މައިން ބަފައިންނާއި ބޭބެ މެން ހަރަދު ކުރާމީހެން ކަމުގެ އިހްސާސް ކުރެވެން ފެށުނެވެ، އެހާއިސާބުން ސަރުކާރުގެ ވަޒީފާ އިޙްތިޔާރު ކުރީމެވެ. އެކަން ވެގެން ދިޔައި ވަރަށް އުވާފެރި ކޮށެވެ، ކޮންމެވެސް މިންވަރަކަށް އަމިއްލަ މަސައްކަތް ދަސްވެފައި ހުރުމުން އެކަން ތަނުގެ ވެރިން ބަލައިގަތް ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ، އަމިއްލަ މަސައްކަތް ކުރާ ތަނެއްގައި އުޅުމުން ވަރަށް ގިނަބަޔަކާ ދިވާވެ އިތުބާރުލިބުނެވެ. އެހެން ކަމުން ސަރުކާރުގެ ވަޒީފާއަށް ދިއުމަކުން މާ ހާސްކަމެއް ދިމަލެއް ނުވެއެވެ. ސަރުކާރުގެ ދުވަސް ތަކުގެ ތެރެއިން ދިޔައި ޑިއުޓީ އަދާ ކުރުމުގެ ތެރެއިން މަސައްކަތް ކުރުމުގެ ދުވަސްތަކެކެވެ. އެހެން ނަމަވެސް ފޫހިވަގުތު ތަކެއް އިހްސާސް ކުރެވެން ފެށުނެވެ، އަދި އެކަމުގެ ތެރެއިން ފާހަގަ ކުރެވެން ފެށީ ނަމާދާއި ދުރުކަމެވެ، ހަމަ އެކަނި ބަންގި ގޮވާލުމުން ނަމާދު ކޮއްލީމަ ނިމުނީ  ކަމުގައި އެވެ، ނަމަވެސް އަނެއްކާވެސް 1.5 އަހަރު ކޯހެއް ފުރިހަމަ ކޮއްފީމެވެ. އަޅުކަމާއި ދުރުވެގެން ދިޔަ ދުވަސްތަށް ހެޔޮ އެކުވެރިންނާ ދިމާވެ އެންމެ ފުރަތަ ކުރާކަމަކަށް އަޅުކަން ހެދުން ވެގެން ދިޔައީ މަސައްކަތުގެ މާހައުލަށް ލިބުން ވަރަށް ބޮޑު ކުރިއެރުމެކެވެ، އެހެންމީހުން ކުރާ އިތުބާރު  ބޮޑުވެގެން ދިޔައެވެ، އެއަށް ފަހުން ގައިމުގެ އޮއިވަރު ބަދަލުވެ މީހުންވެސް މަޑުމަޑުން  ބަދުލުވެ ގައުމުވެސް ބަދަލު ވެއްޖެއެވެ، ބަދަލަކަށް މީހުން ބޭނުން ވެގެން ކޮޅުކޮޅަށް ދުވަން ފަށައިފިއެވެ. އެގޮތުން ކިޔަވައިގެން އަމަލީ މައިދާނުގައި މަސައްކަތް ކުރަމުން ދިޔަމީހުންނަކީ އެއްވެސް ބޭނުމެއް ނެތް މީހުންނޭ ހީވާ ހިސާބަށް ކަންތައްތަށް ގޮސްފިއެވެ، ބުނަން މިއުޅެނީ ސިޔާސީ މީހުންގެ ވަކިތަކުން މުޅި ގައުމު ބަދެވި މަސައްކަތް ދަސްކޮށްގެން އެކަމުން އުއްމީދުގައި ތިބިމީހުން ބާކީވެގެން ހިގައްޖެއެވެ، މުސާރައާއި އިނާޔަށްތަށް ޕޯޑިއަމް ގައި ފައިތިލަސާބިތުވާ މީހުންގެ ޙައްގެއްކަމުގައި ވެގެން ހިގައްޖެއެވެ، ބުނެ ބަލާށެވެ މަސައްކަތެއް ތިޔަ ދަސް ކުރީ ކީއްކުރަން ހެއްޔެވެ، ބަޔަކަށް ގުލާން ކޮއްދޭން ހެއްޔެވެ، އެމީހުންގެ ސިޔާސީ ފިކުރު ކުރިއަރުވަން ހެއްޔެވެ، ނޫނީ އުފެއްދުން ތެރިޔަކަށް ވުމަށްޓަކައި ހެއްޔެވެ، އެހެން ނޫންނަމަ އާމްދަނީ ހޯދާނެ ވަޒީފާއެއްގެ ބޭނުމުގައި ހެއްޔެވެ، ޤައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެތަނެއްގެ މަސައްކަތް ތެރިންނޫން ހެއްޔެވެ ، ކޮންމެ ކަހަލަގެ މަސައްކަތްތެރިއެއްކަމުގައި ވީނަމަވެސް އެވެ. އެމީހުން ބާކީކޮއްލާ މުޅި ގައުމު މިސަރާބު ހުރީ އެބައެއްގެ އަމިއްލަ އެޖެންޑާ ކުރިއެރުވުމަށް ކަމުގައިއޭ ދެންނެވުން ކުށެއްހެއްޔެވެ، މިހެން ކަމުން މިކުޑަ ގައުމުގައި އަމިއްލަ އުފެދުމާއި ޓެކްނިކަލް މީހުން ނެތް ކަމުގެ އިޙްސާސް ކުރެވެން ފަށައިފިއެވެ، އެގޮތުން ބޭރު ކަރަކަރައިން އެކި ޒާތުގެ ނުފޯރާ މީހުންގެނެސް ބޮޑެތި މުސާރަދީ ދިވެހި އެމީހުންގެ ގުލާނުންނަށް ހަދައިފިއެވެ، ބުނެބަލާށެވެ، މަސައްކަތެއް ދަސްކުރަނީ ކީއްކުރަން ހެއްޔެވެ ؟

= ޢސ =

Categories: ހިޔާލު
ޙުޅުދެލި:
Related Post